ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާއި ގުޅިގެން އިސްރަށްވެހިންނަށް ހޭލުންތެރިކަމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާއި ގުޅިގެން، ހުޅުމާލެ ހޮސްޕިޓަލުގެ ފިޒިއޮތެރަޕިސްޓުން، އިސްރަށްވެހިންނަށް އަމާޒުކޮށްގެން ވެއްޓުމުން ރައްކާތެރިވުމާ ގުޅޭ ހޭލުންތެރިކަމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާއި ގުޅިގެން އިސްރަށްވެހިންނަށް ކުރިއަށް ގެންދިޔަ ހޭލުންތެރިކަމުގެ ސެޝަން | ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

މިސެޝަނުގައި ވެއްޓުމަށް މަގުފަހިވާކަންކަމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭނެ ބަދަލުތަކާއި ދުޅަހެޔޮކޮށް އުމުރުން ދުވަސްވުމާއި ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ހަމައެހެންމެ ވެއްޓުމާއި ގުޅޭގޮތުން އެސެސްމެންޓްތައް ހަދައި، ކަސްރަތު ޕްރޮގްރާމެއް ވެސް ވަނީ ކުރިއަށް ގޮންގޮސްފައިވެއެވެ.

ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާއި ގުޅިގެން އިސްރަށްވެހިންނަށް ކުރިއަށް ގެންދިޔަ ހޭލުންތެރިކަމުގެ ސެޝަން | ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

އިސްރަށްވެހިންނަކީ ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ، ދުޅަހެޔޮ ބަޔަކަށް ހެދުމުގެ މަޤްސަދުގައި އިސްރަށްވެހިންގެ ނާދީގައި މިފަދަ ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ.

ގުޅުންހުރި ލިޔުންތައް