ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ސައުތު އޭޝިއަން ސުޕަރ ކަޕުގައި ރާއްޖެ އަދި ލަންކާގެ މެޗު މިއަދު ހަވީރު

ސައުތު އޭޝިއަން ސުޕަރ ކަޕުގައި މިއަދު ދިވެހިރާއްޖެ އަދި ސްރީލަންކާ ބައްދަލުކުރަން ވަނީ ހަމަޖެހިފައެވެ.

މި މެޗަށް ދެ ޓީމުން ނިކުންނައިރު މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފައިވަނީ ރާއްޖެއެވެ. ފުރަތަމަ މެޗުގައި ރާއްޖެ, ލަންކާ އަތުން ކުރި ހޯދީ 3-0 ގެ ނަތީޖާއިންނެވެ.

ލަންކާގައި އޮންނަ މި ފޯރިގަދަ ’ފައިނަލު‘ ބެލުމަށް ޓަކައި ވީހާ ވެސް ގިނަ ފަރާތްތަކުން ރާއްޖެއަށް ސަޕޯޓުކުރަން ދަނޑަށް ހާޒިރުވުމަކީ ރާއްޖޭގެ ގައުމީ ޓީމަށް ލިބިގެންދާނެ ބޮޑު ހިތްވަރެކެވެ.

މުބާރާތުގެ ފުރަތަމަ މެޗަށްފަހު ވާހަކަދައްކަމުން ލަންކާގެ ކޯޗު ވަނީ ރާއްޖެ މޮޅުވުމުގައި ދިވެހި ސަޕޯޓަރުންގެ ދައުރު ފާހަގަކޮށް ސަޕޯޓަރުންނަށް ތައުރީފު ކޮށްފައެވެ. އަދި ލަންކާގެ ސަޕޯޓަރުން ދަނޑަށް ގެނައުމުގެ ނިޔަތުގައި ލަންކާއިން ވަނީ މެޗުގެ ޓިކެޓުގެ އަގު ވެސް ހެޔޮ ކޮށްފައެވެ.

ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:30 ގައެވެ.

ގުޅުންހުރި ލިޔުންތައް