- Advertisement -spot_img

ވާހަކަ ދައްކަންވެސް ހަނގުރާމަކުރަންވެސް އީރާނު ތައްޔާރު، ޓްރަމްޕް ބޭނުންގޮތެއް ޚިޔާރުކުރަންވީ: އަރަޣްޗީ

ވާހަކަ ދައްކަންވެސް ހަނގުރާމަކުރަންވެސް އީރާނު ތައްޔާރަށް ކަމަށާއި، ޓްރަމްޕް ބޭނުންގޮތެއް ޚިޔާރުކުރަންވީކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އެންބީސީ ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވީ، ގޮތްނިންމުން އޮތީ އެމެރިކާގެ ރައީސްގެ އަތްމަތީގައި ކަމަށާއި، ވާހަކަ ދައްކަންވެސް އަދި ހަނގުރާމަ ކުރަންވެސް އީރާނު އޮތީ ތައްޔާރަށް ކަމަށެވެ.

އީރާނާއެކު މި ހަފްތާ ތެރޭގައި އަލުން ވާހަކަތައް ބޭއްވޭނޭ ކަމަށް އުންމީދުކުރާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ބުނެފައެވެ. އެމެރިކާގެ ރައީސް މިކަން ހާމަކުރީ، އެމެރިކާގެ އަކްސިއޯސް ނޫހަށް ދިން އިންޓަރވިއުއެއްގައެވެ.

ޓްރަމްޕް ބުނީ، އެމެރިކާގެ ފަރާތުން ވާހަކަތަކުގައި ބައިވެރިވާ މަންދޫބުންނާއި، އީރާނާ ދެމެދު މި ހަފްތާ ތެރޭގައި އިތުރު މަޝްވަރާތަކެއް ބޭއްވޭނޭ ކަމަށް އުންމީދުކުރާ ކަމަށެވެ. ވާހަކަތައް ބާއްވާނޭ ތަނެއް ޓްރަމްޕް ހާމައެއް ނުކުރެއެވެ. އަދި މިކަމާ ގުޅޭގޮތުން އީރާނުން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ.

ހަނގުރާމަ ހުއްޓާލައި ހޮރްމޫޒު ހުޅުވަން އީރާނުން ހުށަހެޅި 7 ނުކުތާގެ ޕްލޭނަށް އެމެރިކާގެ ރައީސް ވަނީ ދެކޮޅު ހަދާފައެވެ. އީރާނުން އެމެރިކާއާ ވާހަކަ ދައްކަން ބޭނުންވަނީ އީރާނުން ހުށަހެޅި ޕްލޭންގައި ހިމެނޭ ނުކުތާތަކަށެވެ. އދގެ އާންމު މަޖިލީހުގެ ޖަލްސާގެ އަރިމަތިން ނިއުޔޯކްގައިވެސް އެމެރިކާއާއި އީރާނާ ދެމެދު ނުސީދާ ވާހަކަތަކެއް ބާއްވާފައި ވެއެވެ.

އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ބޮންއަޅަން ފަށާނެކަމަށް އެމެރިކާގެ ނޫހަކުން ހާމަކޮށްފައިވާ ރިޕޯޓާ ގުޅޭގޮތުން ސުވާލު ކުރުމުން އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އެއީ އީރާނުގެ “ނިމުން” އަންނަ ހަނގުރާމައަށް ވިޔަސް، އެމެރިކާގެ އުދުވާނާ އީރާނު ސާބިތުކަމާއެކު ކުރިމަތިލާނޭ ކަމަށާއި، އެކަމަށް އީރާނު އޮތީ ތައްޔާރަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް