- Advertisement -spot_img

އީރާނާއެކު މާލީ ގުޅުން ބާއްވާ ޤައުމުތަކަށް ފިޔަވަޅު އަޅަން އެމެރިކާއިން ނިންމައިފި

އީރާނުގެ އިޤްތިޞާދީ ވަސީލަތްތަކާއި މާލީ ނިޒާމު އެކީއެކުން ކަނޑާލުމަށް އަމާޒުކޮށް، ”އިޤްތިޞާދީ ޑީ-ޑޭ“ ގެ ނަމުގައި ތާރީޚުގައިވެސް ޤައުމަކާ ދެކޮޅަށް ހިންގާ އެންމެ ވަރުގަދަ މާލީ ހަނގުރާމަ ފަށާފައިވާކަން އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ޢިއުލާންކޮށްފިއެވެ.

ފައިނޭންޝަލް ޓައިމްސް ގައި ޝާއިއުކުރި މަޖައްލާއެއްގައި ބެސެންޓް ބުނީ، ވޮޝިންޓަންގެ މައިގަނޑު އަމާޒަކީ ”ތެހެރާން އެކަހެރިކޮށް، އެ ސަރުކާރު ބަލިކަށިވެގެންދާންދެން އީރާނަށް ލިބޭ އެންމެހައި އިޤްތިޞާދީ އެހީތެރިކަމެއް ކަނޑާލުން“ ކަމަށެވެ. މި ފިޔަވަޅުތަކުގެ ދަށުން އީރާނާއެކު ވިޔަފާރިކުރާ ނުވަތަ މާލީ ގުޅުން ބާއްވާ ތިންވަނަ ޤައުމުތަކަށާއި އިދާރާތަކަށް ސާނަވީ (ސެކަންޑަރީ) ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފައެވެ.

އެމެރިކާގެ ފިޔަވަޅުތައް އަމާޒުކުރެވޭނީ ސިއްރުން ތެޔޮ ބޭރުކުރާ ނެޓްވޯކްތަކަށާއި، ފްރަންޓް ކުންފުނިތަކަށާއި، ފައިސާ ބަދަލުކުރާ ތަންތަނަށެވެ. މި ފިޔަވަޅުތަކާއެކު އީރާނުގެ ރިއާލްގެ އަގު ވަނީ ރެކޯޑު މިންވަރަކަށް (ޑޮލަރަކަށް 2.02 މިލިއަން ރިއާލް) ވެއްޓިފައެވެ. އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙުސިން ރެޒާއީ ވަނީ، އެމެރިކާގެ އިޤްތިޞާދީ ހަނގުރާމައިގައި ބައިވެރިވާ ކޮންމެ ޤައުމަކީ އީރާނާ ދެކޮޅަށް ”ހަނގުރާމައިގެ ޢަމަލެއް“ ހިންގި ޤައުމެއްގެ ގޮތުގައި ބަލައި، ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ ބޭރުކުރުން އެކީއެކުން ހުއްޓުވާނެކަމުގެ އިންޒާރު ދީފައެވެ.

ގުޅުންހުރި ލިޔުންތައް