- Advertisement -spot_img

ހޮރްމޫޒުގައި މުޅިން އައު ރޫޓެއް ކަނޑައަޅަން އީރާނާއި އޮމާނުން އެއްބަސްވަނީ

ހޮރްމޫޒު ކަނޑުއޮޅިއާ ގުޅޭގޮތުން އީރާނާއި އުމާނާ ދެމެދު ކުރެވެމުންދާ މަޝްވަރާތައް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވެއްޖެއެވެ.

އީރާނާއި އުމާނާ ދެމެދު މަޝްވަރާ ކުރަމުންދަނީ ހޮރްމޫޒު ހުރަސްކުރުމަށް އެއް ރޫޓު ކަނޑައެޅުމާ ގުޅޭގޮތުންނެވެ. މި ރޫޓު ކަނޑައެޅުމުން ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރުމަށް ނޮތަން ރޫޓެއް ނުވަތަ ސަދަން ރޫޓެއް ނޯންނާނެއެވެ. އުޅަނދުފަހަރަށް ހުރަސްކުރެވޭނީ ހަމައެކަނި އީރާނާއި އުމާން އެއްބަސްވާ ރޫޓުން އެކަންޏެވެ.

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ ވިދާޅުވީ، އީރާނާއި އުމާނާ ދެމެދު ބާއްވަމުންދާ މަޝްވަރާތަކަކީ ދެފަރާތް ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ހިންގުމުގެ ނިޒާމެއް ކަނޑައެޅުމަށް ބާއްވާ މަޝްވަރާތަކެއް ކަމަށެވެ. އިސްމާއިލް ބަގާޔީ ވިދާޅުވީ، އީރާނާއި އުމާނާ މަޝްވަރާކޮށްގެން ހޮރްމޫޒުގައި މުޅިން އައު ރޫޓެއް ކަނޑައެޅުމަކީ ހޮރްމޫޒު ކަނޑުއޮޅި ހުޅުވުމާއި ނުވަތަ ބަންދުކުރުމާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.

އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ޣައިރުގާނޫނީ ހަނގުރާމައެއް ފެށުމާއި، އެމެރިކާ ސިފައިން ކަނޑުމަގުން އީރާނު ބްލޮކްކުރުމާއި، އަދި އީރާނާއެކު ވީ ވައުދުތަކާ އެމެރިކާ ޚިލާފްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އީރާނުން ހޮރްމޫޒު ބަންދުކުރުމުން އަސްކަރީ ބާރުގެ ބޭނުންކޮށްގެން ކަނޑުއޮޅި ހުޅުވަން އެމެރިކާއިން މިހާތަނަށް ކުރި އެއްވެސް ކަމެއް ކާމިޔާބެއް ނުވިއެވެ. ނުވިތާކަށް އުޅަނދުފަހަރަށް ހޮރްމޫޒު މިހާރުވެސް ހުރަސް ކުރެވެނީ އީރާނުން ކަނޑައަޅާފައިވާ ރޫޓުތަކުންނެވެ.

ގުޅުންހުރި ލިޔުންތައް