- Advertisement -spot_img

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހު ގޮވުންތަކެއްގެ ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއާއި އޮފިޝަލުން ރިޕޯޓްކޮށްފިއެވެ.

މި ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި ބުޝެހެރުގައި ހުންނަ ނިއުކްލިއާ މަރުކަޒު ކައިރީގެ ސަރަހައްދުތައް ވެސް ހިމެނެއެވެ.

މި ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އީރާނުގެ ދެކުނުގެ އެކި ސަރަހައްދުތަކަށެވެ. އޭގެ ތެރޭގައި ކޮނާރަކް އާއި ސިރިކް ފަދަ ސިޓީތައް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނުން މި ހަމަލާތަކުގެ ޒިންމާ އަޅުވާފައިވަނީ އެ ގައުމުގެ ”ދުޝްމަނުން“ ގެ ބޮލުގަ އެވެ. ނަމަވެސް، އެއީ ސީދާ ކޮން ބައެއްކަން އީރާނުގެ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ އޮފިޝަލަކު އަލްޖަޒީރާއަށް އަދި ސައުދީ އަރަބިއްޔާގެ އަލް އަރަބިއްޔާ ނޫހަށް މައުލޫމާތު ދެމުން ބުނީ، އީރާނަށް ދިން މި ފަހުގެ ހަމަލާތަކުގެ ފަހަތުގައި ވޮޝިންޓަނުގެ އަތެއް ނުވާނެ ކަމަށެވެ. އަދި އެމެރިކާއިން އަދިވެސް ބޭނުންވަނީ ތެހެރާނާއެކު ހާރިޖީ ގުޅުންތަކުގެ ތެރެއިން މައްސަލަތައް ހައްލުކުރުމަށް ކަމަށްވެސް އެ އޮފިޝަލް ހާމަ ކުރިއެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ހަމަލާތަކުގެ ފަހަތުގައި އެމެރިކާ ނެތް ނަމަ، ދެން މިކަމުގެ އިނގިލި ދިމާވާނީ އިސްރާއީލަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން އެމެރިކާއާއި އީރާނުން ދަނީ އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާތައް ބަދަލުކުރަމުންނެވެ. މީގެ އިތުރުން ގަލްފުގެ ގައުމުތައް ކަމަށްވާ ގަތަރު، ބަހްރައިން އަދި ކުވެއިތުގައި ހުރި އަސްކަރީ މަރުކަޒުތަކަށް ވެސް އީރާނުން ވަނީ ހަމަލާދީފަ އެވެ. މިއާއެކު، މިދިޔަ ޖޫން މަހުގެ މެދުތެރޭގައި ގާއިމުކުރި ނާޒުކު ސުލްހައިގެ އެއްބަސްވުމަށް ވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ގުޅުންހުރި ލިޔުންތައް