އެމެރިކާއިން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ދިން ވަރުގަދަ ބޮމުގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން، އީރާނުން މިހާރު ވަނީ ބަހްރައިންއާއި ކުވައިތުގެ މުހިންމު ޢިމާރާތްތަކަކަށް މިސައިލް ޙަމަލާތަކެއް ދޭން ފަށާފައެވެ.
އެމެރިކާއިން އީރާނުގެ ބަނދަރުތަކާއި، މިސައިލް އަދި ޑްރޯންތައް ހަލާކުކޮށްލުމުން، އީރާނުން ވަނީ ރުޅިވެރިކަމާއެކު ބަހްރައިންއާއި ކުވައިތުގެ އަސްކަރީ މަރުކަޒުތަކަށާއި ޢާންމު ޢިމާރާތްތަކަށް އަމާޒުކޮށް މިސައިލް ފޮނުވާފައެވެ.
މި ޙަމަލާތަކާ ގުޅިގެން، ބަހްރައިންއާއި ކުވައިތުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތައް މިހާރު ވަނީ އެންމެ މަތީ ދަރަޖައިގެ ސަލާމަތީ ފިޔަވަޅުތައް އަޅައި، އެލާޓްކޮށްފައެވެ.
އީރާނުން މި ދިން ޙަމަލާތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިތުރަށް އުފުލި، ސަރަޙައްދީ ހަމަނުޖެހުން މިވަނީ ބޮޑު ހަނގުރާމައަކަށް ބަދަލުވާން ފަށާފައެވެ.



