- Advertisement -spot_img

އެމެރިކާގެ އިންޓެލިޖެންސްގެ ޑިރެކްޓަރު އިސްތިއުފާ ދީފި

އެމެރިކާގެ ނޭޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރުގެ މަގާމުން ތުލްސީ ގަބާޑް އިސްތިއުފާ ދީފިއެވެ.

އޭނާ ”އެކްސް“ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެގައުމުގެ ރައީސް، ޑޮނަލްޑް ޓްރަމްޕުގެ ޑިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސްގެ މަގާމުން އިސްތިއުފާ ދީފައިވާ ކަމަށެވެ.

އޭނާގެ އިސްތިއުފާގެ ސިޓީގައި ޓްރަމްޕް ކުރި އިތުބާރާއި އެ މަގާމު ބެލެހެއްޓުމަށް ދިން ފުރުސަތަށް ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އެ މަގާމުން އިސްތިއުފާ ދޭން ނިންމީ، މަދުން ނޫނީ ނުފެންނަ ކަށީގެ ކެންސަރެއް އޭނާގެ ފިރިމީހާ ޖެހިފައިވާކަން އެނގުމުން ކަމަށް ވެސް ވަނީ ބުނެފައެވެ.

އޭނާ އިސްއިތުފާ ދީފައިވާކަން ޓްރަމްޕް ވެސް ވަނީ މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައެވެ. އެގޮތުން ޓްރަމްޕް ބުނެފައިވަަނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރުމަށްފަހު، ޖޫން 30 ވަނަ ދުވަހު ތުލްސީ މަގާމުން ދުރުވާނެ ކަމަށެވެ.

”ތުލްސީ ކޮށްފައިވަނީ ވަރަށް ރަނގަޅު މަސައްކަތެއް. އަހަރުމެން ވަރަށް ހަނދާންވާނެ“ ޓްރޫތް ސޯޝަލް ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުންޏެވެ.

ތުލްސީ އިސްތިއުފާ ދިނުމާއި ގުޅިގެން ވަގުތީ ގޮތުން އެ މަގާމު ހަވާލުކޮށްފައިވަނީ ޑެޕިއުޓީ ޑިރެކްޓަރު އޮފް ނޭޝަނަލް އިންޓެލިޖެންސް އާރޯން ލޫކަސްއާއެވެ.

ނޭޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރުގެ މަގާމަށް ތުލްސީ އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް