ހުކުރު, އޮކްޓޯބަރ 10, 2025
spot_img
- Advertisement -spot_img

ދަންޑަހެލު ކަޕް 2025 – ވޯރިއާރސް ބަލިކޮށް ޑާރކްޕާރކް ފަހު މެޗުގެ އިންތިޒާރުގައި

”ދުވާފަރު ދަންޑަހެލު ކަޕް 2025“ ގައި އިއްޔެ ހަވީރު ވޯރިއާރސް އަދި ޑާރކްޕާރކް ބައްދަލުކުރި މެޗު 1-6 ގެ ނަތީޖާއަކުން ޑާކްޕާކް ކާމިޔާބުކޮށްފިއެވެ.

އިއްޔެގެ މެޗުގައި ޑާރކްޕާރކަށް ގޯލްތައްޖަހައިދިނީ އިސްމާއިލް ޢީސް (މެސީ) އަދި އިސާމް، ޖުމާން، މަހުދީގެ އިތުރުން މޫސާ ލަތީފްއެވެ. މި ނަތީޖާއާއި އެކު ޑާރކްޕާރކަށް 4 ޕޮއިންޓް ލިބިފައިވާއިރު، މުބާރާތުގައި އެޓީމު އިތުރަށް ކުރިއަށްދިއުމުގެ ފުރުސަތެއް ފަހިވާނީ މިއަދުގެ މެޗުގެ ނަތީޖާ ނިކުންނަ ގޮތުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑާރކްޕާރކަށް ދެގޯލް ކާމިޔާބުކޮށްދިން އެޓީމުގެ ޖާޒީ ނަންބަރު 10 އިސްމާއިލް ޢީސާ (މެސީ)އެވެ.

މިއަދުވެސް މިމުބާރާތުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މިއަދުގެ މެޗުގައި ވާދަކުރާނީ ސިލްވަރ ޔުނައިޓެޑް އަދި އިލެވެން އެޓޭކާރސްއެވެ. 3 ޖުލައިން 11 ޖުލައިގެ2025 ގެ ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަތަރު ޓީމު ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި  އެއްމެޗު ކުޅޭގޮތަށެވެ. އަދި އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގު ފައިނަލުން ފުރުސަތު ލިބިގެންދާގޮތަށެވެ.

ގުޅުންހުރި ލިޔުންތައް