ހުކުރު, އޮކްޓޯބަރ 10, 2025
spot_img
- Advertisement -spot_img

ދަންޑަހެލު ކަޕް 2025 – ވޯރިއާރސް ބަލިކޮށް އިލެވެން އެޓޭކާރސްއިން އުއްމީދު އާކޮށްފި

ދުވާފަރުގައި މިހާރު ކުރިއަށްދާ ”ދުވާފަރު ދަންޑަހެލު ކަޕް 2025“ ގައި މިއަދު ކުޅުނު މެޗު 2-4 ގެ ނަތީޖާއަކުން އިލެވެން އެޓޭކާރސް އިން ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ގޯލް ކާމިޔާބު ކުރީ އިލެވެން އެޓޭކާރސްގެ ބިދޭސީ ފޯވާރޑް ޖާޒީ ނަންބަރު 8 ސެނަލް އެވެ. އިލެވެން އެޓޭކާރސްއިން މިގޯލް ކާމިޔާބުކޮށް މާގިނަ އިރުނުވަނީސް ވޯރިއާރސް އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 10 އަހުމަދު ޒައީމް (އައްމު)އެވެ. މި ނަތީޖާއެކު މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގައި އިލެވެން އެޓޭކާރސްއިން ވަނީ ކައިރި ކައިރީގައި ތިންގޯލްޖަހައި ލީޑް އެޓީމުން ފުޅާކޮށްފައެވެ. އެގޮތުން އެޓީމުގެ ދެވަނަ އަދި ތިންވަނަ ގޯލްކާމިޔާބުކުރީ އެޓީމުގެ ޖާޒީ ނަންބަރު 9 ހަސަން އަޒޫމް (ޒޫމް)އެވެ. އަދި އިލެވެން އެޓޭކާރސްގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށް ދިނީ ޖާޒީ ނަންބަރު 12 މުހައްމަދު ފާސިރު އެވެ. ވޯރިއާރސްގެ ދެވަނަ ގޯލް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ލިބުނު ހިލޭޖެހުމަކުން އެޓީމުގެ ޖާޒީ ނަންބަރު 10 މުހައްމަދު ނާއިމްއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިލެވެން އެޓޭކާރސްގެ ޖާޒީ ނަންބަރު 9 ހަސަން އަޒޫމްއެވެ.

މާދަމާވެސް މިމުބާރާތުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މާދަމާގެ މެޗުގައި ވާދަކުރާނީ ޑާރކްޕާރކް އަދި ވޯރިއާރސް އެވެ. 3 ޖުލައިން 11 ޖުލައިގެ2025 ގެ ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަތަރު ޓީމު ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި  އެއްމެޗު ކުޅޭގޮތަށެވެ. އަދި އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގު ފައިނަލުން ފުރުސަތު ލިބިގެންދާގޮތަށެވެ.

ގުޅުންހުރި ލިޔުންތައް