- Advertisement -spot_img

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

އެކުވެރިކަމުގެ މެޗެއްގައި ބެނިންގެ މައްޗަށް އާޖެންޓީނާ އިން 3-0 އިން ހޯދި މޮޅާއެކު، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގައުމީ ޓީމަށް އަލްވަދާއު ކިޔައިފިއެވެ.

އާޖެންޓީނާގެ ގައުމީ ޓީމަށް ހުއްޓާލަން ނިންމިކަން މެސީ އިއުލާންކުރީ މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅުއެވެ. އާޖެންޓީނާގެ ފުޓްބޯޅަ އިދާރާގެ އެދުމުގެ މަތިން މެސީ ވަނީ އަމިއްލަ ގައުމުގައި ގައުމީ ޓީމަށް ފަހު މެޗު ކުޅެން މިދިޔަ މަހު އެއްބަސްވެފަ އެވެ.

އާޖެންޓީނާގެ އެސްޓަޑިއޯ މޮނިއުމެންޓަލްގައި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރީމަތީގައި ކުޅުނު މި މެޗުގައި އާޖެންޓީނާ އިން ޖެހި ފުރަތަމަ ދެ ގޯލަކީ މެސީ ތަނަވަސްކޮށްދިން ފުރުސަތުތަކުން ކާމިޔާބުކުރި ގޯލުތަކެވެ. އެގޮތުން މެޗުގެ 48 ވަނަ މިނެޓްގައި ކޯނަރަކުން މެސީ ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ވައްދާލައިގެން އާޖެންޓީނާ އަށް ލީޑު ނަގައިދިނީ އެޓީމުގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ އެވެ. އަދި މެސީ ދިން ޕާހަކުން މެޗުގެ 61 ވަނަ މިނެޓްގައި އާޖެންޓީނާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ނިކޯ ޕާޒް އެވެ.

އޭގެ 10 މިނެޓް ފަހުން ލިބުނު ޕެނަލްޓީއަކުން އާޖެންޓީނާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ މެސީ އެވެ. މި ގޯލަށް ފަހު ވެސް ރަނގަޅު އިތުރު ފުރުސަތުތަކެއް މެސީ އަށް ލިބިފައިވެއެވެ.

މެޗަށް ފަހު އާޖެންޓީނާ ޓީމާއެކު މެސީ ހޯދި ކާމިޔާބީތައް ކުލަގަދަކޮށް ފާހަގަކޮށްފައިވެއެވެ.

އާޖެންޓީނާ އަށް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް މެސީ އަދާކުރިއިރު، އޭނާ ވަނީ އެޓީމަށް ކުޅުނު 208 މެޗުގައި 126 ގޯލު ކާމިޔާބުކޮށްފައެވެ. މެސީ އަކީ އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން އަދި އެންމެ ގިނަ ގޯލުވެސް ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ.

ގުޅުންހުރި ލިޔުންތައް