- Advertisement -spot_img

ޗެލްސީ ބަލިކޮށް ސިޓީން އެފްއޭކަޕްގެ ޗެމްޕިއަންކަން ހޯދައިފި

ޗެލްސީ 1-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީން އިނގިރޭސި އެފްއޭކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ ސިޓީން އެފްއޭ ކަޕްގެ ތަށި ހޯދި އަށްވަނަ ފަހަރެވެ. އަދި މިއީ ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި އެ ޓީމުން ހޯދި 20 ވަނަ ތަށްޓެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސިޓީ އަށް ޖަހައިދިނީ ދެ ވަނަ ހާފުގައި އަންޓުއާން ސެމެންޔޯ އެވެ. މެޗުގެ 72 ވަނަ މިނިޓްގައި ސެމެންޔޯ މި ގޯލު ކާމިޔާބުކުރީ އާލިން ބްރައުޓް ހާލަންޑް ދިން ބޯޅައަކުންނެވެ.

ސިޓީން ލީޑުނެގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޗެލްސީ އަށް އެއްވަރުކޮށްދޭން އެންޒޯ ފެނާންޑޭޒް އަށް އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެެވެ.

މެޗުގައި ސިޓީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން، މަތިއުސް ނޫނޭޒް އާއި ރަޔާން ޗާކީ ފޮނުވާލި ބޯޅަތައް ޗެލްސީގެ ގޯލްކީޕަރު ރޮބަޓް ސަންޗޭޒް ވަނީ މަަތަކޮށްފަ އެވެ.

ސިޓީން ވަނީ މި ފަހަރުގެ އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އެއީ، ފައިނަލުގައި އާސެނަލް ބަލިކޮށްފައެވެ. އަދި އެޓީމަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތުވެސް މިސީޒަންގައި އެބައޮތެވެ.

ގުޅުންހުރި ލިޔުންތައް