ރެއާލް މެޑްރިޑަށް ކުޅެމުންދާ މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާގެ ނުހިމަނާ ފީފާ ވޯލްޑް ކަޕް 2026 އަށް ފްރާންސުން ފައިނަލް ސްކޮޑު އިއުލާނު ކޮށްފިއެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް އިއުލާނުކުރި 26 ކުޅުންތެރިންގެ ސްކޮޑުގައި އުމުރުން 23 އަހަރުގެ ކަމަވިންގާއަށް ޖާގަ ދީފައިނުވާ އިރު، މިޑްފީލްޑަރުންގެ ގޮތުގައި ނަގާފައި ވަނީ ސައުދީ ލީގުގައި ކުޅެމުންދާ އެންގޯލޯ ކާންޓޭއާއި ރެއާލްގެ އޮރެލިއަން ޗުއެމެނީ، ޕީއެސްޖީގެ ވޮރެން ޒައޭ-އެމެރިކާ، އޭސީ މިލާންގެ އެޑްރިއަން ރެބިއޯ އަދި ރޯމާގެ މަނޫ ކޯނޭ އެވެ.
ޑިޝޯމްސް ބުނެފައި ވަނީ ކަމަވިންގާއަށް މި ސީޒަންވެފައި ވަނީ އުނދަގޫ ސީޒަނަކަށް ކަމަށާއި، އަނިޔާގެ މައްސަލަތަކާއެކު އެކަށީގެންވާ އަދަދަކަށް މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ.
ވޯލްޑް ކަޕް ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވާ ފްރާންސުން މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 16 ގައި ނިކުންނާނީ ސެނެގާލްއާ ދެކޮޅަށެވެ. އަދި އަންނަ މަހުގެ 22 ގައި ފްރާންސުން އިރާގާއި ދެކޮޅަށް ނިކުންނައިރު، އަންނަ މަހުގެ 26 ގައި ފްރާންސް ބައްދަލުކުރާނީ ނޯވޭއާއެވެ.
ފްރާންސްގެ ސްކޮޑު
ގޯލްކީޕަރުން: މައިކް މެންޔޯން، ބްރައިސް ސަމްބާ، ރޮބިން ރީސާ
ޑިފެންޑަރުން: ވިލިއަމް ސަލީބާ، ޑަޔޯ އުޕަމެކާނޯ، އިބްރަހީމާ ކޮނާޓޭ، ޖޫލްސް ކޫންޑޭ، ތިއޯ ހެނާންޑޭޒް، ލޫކަސް ހެނާންޑޭ، މާލޯ ގުސްޓޯ، ލޫކަސް ޑީން، މެކްސެންސް ލެކްރޮއިޒް،
މިޑްފީލްޑަރުން: އޮރެލިއެން ޗުއަމެނީ، އެންގޯލޯ ކާންޓޭ، އެޑަރިއަން ރަބިއޯ، ވޮރެން ޒައީ-އެމެރީ، މަނޫ ކޯނޭ
ފޯވަޑުން: ކިލިއަން އެމްބާޕޭ، އުސްމާން ޑެމްބެލޭ، މައިކަލް އޮލީސޭ، ބްރެޑްލީ ބާކޯލާ، މާކަސް ތުރާމް، ރަޔަން ޗެރްކީ، ޑިސައިރޭ ޑޫއޭ، މަގްނޭސް އެކްލިއޫޝް، ޖޭން-ފިލިޕް މަޓެޓާ



