- Advertisement -spot_img

މެންޗެސްޓާ ސިޓީ އަދި ޗެލްސީ އެފްއޭ ކަޕްގެ ފައިނަލަށް ދަތުރުކޮށްފި

ލީޑްސް ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެ، ޗެލްސީން އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. އަދި ހޮނިހިރު ދުވަހުގެ ރޭ ސައުތްހެމްޓަން 1-2 ގެ ނަތީޖާއަކުން ބަލިކޮށް މެނެޗެސްޓާ ސީޓީންވެސް ފައިނަލުގެ ޖާގަ ހޯދައިފިއެވެ.

ޗެލްސީގެ ވަގުތީ ކޯޗު ކަލުމް މެކްފާލޭގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޗެލްސީއަށް މެޗުގެ 23 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒް އެވެ. މިއީ ޕެޑްރޯ ނެޓޯ ލީޑްސްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން އެންޒޯ ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުގައި ނަތީޖާ އެއްވަރުކޮށްލަން ލީޑްސް އަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން ލީޑްސްގެ ފޯވާޑް ޑޮމިނިކް ކަލްވެޓް-ލެވިން އާއި ބްރެންޑަން އާރޮންސަން ފޮނުވާލި ހަމަލާތައް މަތަކުރުމުގައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

ޗެލްސީން އަންނަ މަހުގެ 16 ވަނަ ދުވަހު ކުޅޭ ފައިނަލުގައި ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. މިއީ ޗެލްސީން އެފްއޭ ކަޕް ފައިނަލުގައި ކުޅޭ 17 ވަނަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް