ގުޅިފަޅު ކައިރީގައި ދެ ލޯންޗެއް ޖެހި ބޮޑު އެކްސިޑެންޓެއް މިރޭ ހިނގައިފި އެވެ. އެކްސިޑެންޓުގައި ފުރަތަމަ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް މައުލޫމާތު ލިބުނީ ހަތަރު މީހުންނެވެ. އެކަމަކު ފުލުހުން ބުނީ 7:30 ހާއިރު ހިނގި އެކްސިޑެންޓުގައި 12 މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ،“ ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ އެކްސިޑެންޓް ހިނގި ގޮތް ތަހުގީގު ކުރަމުންނެވެ.
މެރިން ޕޮލިސް އިން ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި، އެކްސިޑެންޓުވި އެއް ލޯންޗަކީ ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓުގެ އެއްޗެކެވެ. އެ ލޯންޗުގެ ކުރިމައްޗާއި ދެ އަރިމައްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.



