ޒަމާނުއްސުރެން ދިވެހީންގެ ތެރޭގައި އޮތް އަދަބު އިހްތިރާމް ކުރުމުގެ ރިވެތި އާދަތައް އަލުން ދިރުވައި، އިޔާދަކުރުމުގެ މަގުސަދުގައި ސަރުކާރުން ފަށާ އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު، އަންނަ ހޮނިހިރު ދުވަހުގެރޭ އިފްތިތާހުކުރަން ނިންމައިފިއެވެ.
މި މަޝްރޫއު އިފްތިތާހުކުރުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތު އޮންނާނީ މާފަންނު ޓްރެކުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން މުޅި ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ މި މަޝްރޫއަކީ ދިވެހީންގެ ތެރޭގައި އޮތް އަދަބު އަޚްލާގުގެ މައްޗަށް ބިނާވާ ދިވެހީންގެ އައިޑެންޓިޓީ ހިފެހެއްޓުމުގެ މަގުސަދުގައި ފަށާ މަޝްރޫއެކެވެ. މި ކަމަށް އެ މަނިކުފާނު ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވައި، މި މަޝްރޫއު އެ މަނިކުފާނު އިއުލާނު ކުރެއްވީ ޖުލައިމަހުގެ ނުވަވަނަ ދުވަހެވެ.
މި މަޝްރޫއާ ގުޅޭގޮތުން ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ މި މަޝްރޫއު ފެށިގެންދާނީ މުލީ މުޖުތަމައުގެ ބައިވެރިވުން ހިމެނޭހެން، ތަފާތު އެކި ގިންތިތިތަކުގެ ފަންނުވެރީން ވެސް ހިމެނޭހެން ކަމަށެވެ.
މި ގައުމީ މަޝްރޫއަށް ޚާއްސަ ކުރެވިގެންވާ ލަވައާއި ލޯގޯ ވެސް އިފްތިތާހުކުރުމަށް ހަމަޖެހިފައި އޮތީ ހޮނިހިރުދުވަހުގެރޭ ބާއްވާ އިފްތިތާހީ ރަސްމިއްޔާތުގައެވެ.



