- Advertisement -spot_img

އިޤްތިސާދީ ގޮތުން ޤައުމު ހިންގުން ހަރުދަނާވުމުން މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

ދައުލަތުގެ ބޮޑެތި ދަރަނިތައްއަދާކުރުމަށާއި މާލީ ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާމަސައްކަތްތަކަށް މޫޑީޒްއިން ތަޢުރީފްކޮށް ރޭޓިން މަތިކޮށްފިއެވެ.

އެގޮތުން ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިންގ ”Caa2“ އިން ”Caa1“ އަށް ވަނީ މަތިކޮށްފައެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހާމަކުރި ގޮތުގައި،މި ކުރިއެރުމަކީ ކައިރި މުސްތަގުބަލެއްގައި ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުތަނުންކުޑަވެފައިވާ ކަމަށް މޫޑީޒް އިން ކުރި އަންދާޒާގެ މައްޗަށް ބިނާވެފައިވާ ނިންމުމެކެވެ. މީގެއިތުރުން، މި ބަދަލުތައް ގެނައުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ނަތީޖާރަނގަޅުކަން ވެސް އެ އިދާރާއިން ފާހަގަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި ރޭޓިންގ މަތިކޮށްފައިވަނީ ދައުލަތުން އަދާކުރި ބޮޑެތި ދަރަނިތަކަކަށް ފަހުގައެވެ. އެގޮތުން 2026 ވަނަ އަހަރުގެ އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާހަލާސްކުރުމާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއަށް ފައިސާދެއްކުމުގެ އިތުރުން، މެއި އަދި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޜަރީބިލް ވަނީ ދައްކާފައެވެ. މީގެ އިތުރުން 100 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑް އަނބުރާދެއްކުމުގެ މުއްދަތު 2031 އަށް އިތުރުކުރުމަކީ ވެސް ދަރަނި ދެއްކުމަށް އޮތް ތާށިކަންކުޑަވެގެންދިޔަ ކަމެކެވެ.

މި އިލްތިޒާމްތައް ފުރިހަމަކުރުމަކީ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގައި ސަރުކާރުންހޯދި ބޮޑު ކާމިޔާބީއެކެވެ. ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމާއި، ސޮވެރިންޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާ އިތުރުކުރުމާއެކު، މި ފިޔަވަޅުތަކުގެ ސަބަބުންކްރެޑިޓް ރޭޓިންގ ރަނގަޅުވުމަށް މަގުފަހިވިއެވެ.

ހަމައެއާއެކު، ރާއްޖޭގެ ބޭރުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ވަނީ ހަރުދަނާފިޔަވަޅުތަކެއް އަޅާފައެވެ. 2024 ވަނަ އަހަރު ތައާރަފުކޮށް 2026 ގައި ފުޅާކުރި ބޭރުފައިސާގެ ސިޔާސަތުތަކުގެ ސަބަބުން، ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުވެ،ރަސްމީ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު އިތުރަށް ވަރުގަދަވާނެ ކަމަށްބެލެވެއެވެ.

ރާއްޖޭގެ ތަރައްގީގެ ބައިވެރިންގެ ފަރާތުން ވެސް މި މަސައްކަތްތަކަށް އެހީތެރިކަންލިބިފައިވެއެވެ. މިނިސްޓްރީން ބުނި ގޮތުގައި ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު،އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން 50 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑުން 40 މިލިއަންޑޮލަރާއެކު، ޖުމްލަ 130 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ސަރުކާރުން ވަނީ ހޯދާފައެވެ.

ދައުލަތުގެ ދަރަނީގެ ހިސާބުތަކުން ވެސް މި ކުރިއެރުން ފެންނަން އެބައޮތެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 129.2 އިންސައްތައިގައި ހުރި ނަމަވެސް، 2026 ޖުލައި މަހުގެ ނިޔަލަށް އެ ނިސްބަތް ވަނީ122.6 އިންސައްތައަށް ދަށްވެފައެވެ. މިނިސްޓްރީން ފާހަގަކުރި ގޮތުގައި މިއީ ދަރަނިދެއްކުމާއި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާއެވެ.

މި ކާމިޔާބީތައް ހާސިލްކުރެވިފައިވަނީ އިޤްތިސާދީ ގޮންޖެހުންތަކުގެ ތެރޭގައެވެ. އެގޮތުންމެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ އަގު އުފުލުން ފަދަ ކަންކަންހިމެނެއެވެ. މި ހާލަތުގައި ވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ރައްކާތެރިކަންފޯރުކޮށްދިނުމަށާއި، އިގްތިސާދީ ހަރަކާތްތަކަށް މަގުފަހިކޮށްދީ، ދައުލަތުގެ ހަރަދުތައްބަޖެޓުގެ ތެރޭގައި ހިފެހެއްޓުމަށް ސަރުކާރުން ދަނީ އިސްކަންދެމުންނެވެ.

ބޮޑެތި ދަރަނިތައް އަދާކުރުމާއި، މާލީ ރައްކާތެރިކަން ވަރުގަދަކުރުމުގެ ސަބަބުން ދަރަނިނުދެއްކުމުގެ ނުރައްކާ ވަނީ ކުޑަވެފައެވެ. އިގްތިސާދީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް،ދައުލަތުގެ މާލީ ހާލަތު ވަރުގަދަ ކުރުމަށް ކުރާ މަސައްކަތުގައި މި ހޯދި ކުރިއެރުންދެމެހެއްޓުމަކީ ސަރުކާރުގެ އެންމެ މުހިންމު އަމާޒު ކަމުގައި ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް