- Advertisement -spot_img

މަސްތުވާތަކެތި ޓްރެފިކްކުރި މީހަކު 25 އަހަރަށް ޖަލަށް

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100،000ރ. އިން ޖޫރިމަނާކޮށްފިއެވެ.

ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން އެ ހުކުމް އިއްވީ އެ ރަށު ނޫރީގޭ އަލީ ޝަޒީނު، 37، ގެ މައްޗަށެވެ.

އޭނަގެ މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އޮގަސްޓު 10، 2021 ގަ އެވެ. މައްސަލައިގެ ތަހުގީގު ނިންމައި، ޝަޒީނުގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވީ ސެޕްޓެމްބަރު 1، 2021 ގައެވެ.

ގދ. ގަމުގައި، ޝަޒީނު ދަނޑުވެރިކަން ކުރަމުން ދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސް ކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެއެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމައި، ޕީޖީ އޮފީހަށް ފޮނުވުމުން އޭނާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެ އެވެ. އެއީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ އާއި، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.

އެ ދެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް