- Advertisement -spot_img

އެމްޑަބްލިޔުއެސްސީގެ އެމްޑީ ފަހުމީ އައްޑޫއަށް ވަޑައިގެންފި

ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އައްޑު އަށް ވަޑައިގެންފިއެވެ.

އޭނަ އައްޑު އަށް ވަޑައިގެންފައި މި ވަނީ އައްޑޫ ސިޓީގެ އަވަށްތަކާއި ވަކިން އޮންނަ ހުޅުދު އާއި މީދޫގެ ފެނާއި ނަރުދަމާ ނިޒާމު އެމްޑަބްލިއުއެސްސީގެ ދަށަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ފެނަކައާ އެކު މި މަހުގެ 27 ގައި އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައި ވަނިކޮށެވެ.

އެ ބަދަލު ގެންނަން ނިންމީ ފެނަކަ އުވާލައި، އެ ކުންފުނި ސްޓެލްކޯގެ ދަށަށް ބަދަލު ކުރަން ދާދި ފަހުން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

މި ސަރުކާރުގައި އެންމެ ފުރަތަމަ ސްޓެލްކޯގެ އެމްޑީއަކަށް ހުންނެވި ފަހުމީ ވިދާޅުވެފައި ވަނީ އަންނ މަހުގެ 13 ވަނަ ދުވަހުގެ ކުރިން އެމްޑަބްލިޔުއެސްސީގެ ދަށަށް އައްޑޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ކަންކަން ބަދަލު ކުރެވޭނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަމަށް ފަހުމީ އައްޑު އަށް ކުރައްވާ ދަތުރުގައި އައްޑޫގެ ހުރިހާ އަވަށެއްގެ ފެނާއި ނަރުދަމާގެ ހާލަތު ބައްލަވަން ހަމަޖެހިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް