ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަތޮޅުތަކުގައި ގާއިމުކުރަމުން އަންނަ އައުޓްޑޯ ޖިމްތަކުގެ ތެރެއިން 7 ރަށެއްގެ މަސައްކަތް ނިންމާލައިފިއެވެ.
އެ ކުންފުނިން ބުނީ މިހާރު މަސައްކަތް ކުރަމުން އަންނަ ނުނިމި ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމައިލަން ކަަމަށެވެ. މަސައްކަތް ނިންމައިލި 7 ރަށަކީ އއ. ފެރިދޫ، އއ. އުކުޅަސް، އދ. ދިގުރަށް، އދ. ފެންފުށި، އދ. މާމިގިލި، އދ. މަންދޫ
އަދި ބ. ގޮއިދު އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓް ޖިމް ގާއިމުކޮށް ދެނީ ރައްޔިތުންގެ މެދުގައި ކަސްރަތު ކުރުމުގެ ޝައުގުވެރިކަން އިތުރުކޮށް، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގެ މަގުސަދުގައެވެ.
އެޗްޑީސީން ބުނީ އެ ކުންފުނިން އައުޓްޑޯ ޖިމްތައް ގާއިމުކުރާ ރަށްރަށުގައި ހުންނާނީ ފެންވަރު ރަނގަޅު ޒަމާނީ އިކްޕްމަންޓްތައް ކަމަށެވެ.
މި މަސައްކަތް އެ ކުންފުނިން ކުރިއަށް ގެންދަނީ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.



