ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، ރަޝިއާގެ ފޮރިން މިނިސްޓަރ ސަރްގެއި ލަވްރޯވްއާ ބައްދަލުކުރައްވައިފިއެވެ.
އިރުތިޝާމް، ލަވްރޯވްއާ ބައްދަލުކުރެއްވީ އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ އ.ދ ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ރާއްޖެއާއި ރަޝިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އަމަލީ ގޮތުން ކުރެވޭނެ ކަންކަން ފުޅާކުރުމުގެ ތެރެއިން، ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެސް ވަނީ މަޝްވަރާކުރައްވާފަ އެވެ.
ރާއްޖެއާއި ރަޝިއާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުން މި މި މަހު ވަނީ ފާހަގަކޮށްފައެވެ.



