- Advertisement -spot_img

އދ ގެ  ޢާންމު މަޖިލީހުގެ ޢާންމު ބަހުސް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

އދ. ގެ 81 ވަނަ ޢާންމު މަޖިލީހުގެ، ޢާންމު ބަހުސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

ނިއުޔޯކުގައި ހުންނަ އދ.ގެ މައިމަރުކަޒުގެ ޢާންމު މަޖިލީހުގެ ހޯލުގައި ކުރިއަށްދާ މި ޖަލްސާގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

މަތީ ފަންތީގެ މި ބައްދަލުވުމަކީ، ދުނިޔެއަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާއި، ބައިނަލްއަޤްވާމީ ގުޅުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ދުނިޔޭގެ ލީޑަރުންނާއި، ދައުލަތްތަކުގެ އިސްވެރިންނާއި، މެންބަރު ޤައުމުތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާ ބައްދަލުވުމެކެވެ.

އދ. ގެ 81 ވަނަ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނިއުޔޯކަށް ކުރައްވާ މި ދަތުރުފުޅުގައި، އެކި މައުޟޫޢުތަކަށް ބަހުސް ކުރެވޭ މަތީ ފަންތީގެ ފޯރަމްތަކުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވެވުމާއި، ދޭދޭ ޤައުމުތަކުގެ އިސްވެރިންނާއެކުގައްޔާއި، ގިނަ ޤައުމުތައް ގުޅިގެން ބާއްވާ ބައްދަލުވުންތަކުގެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމުގެ އިތުރުން، ބައްދަލުވުމުގެ ހަވާސާގައި ބޭއްވޭ ރަސްމީ ޙަފުލާތަކުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް