- Advertisement -spot_img

ޕީއެންސީ މެންބަރުންގެ އަދަދު 77،000 އަށް

އެންމެ ގިނަ މެމްބަރުން ހިމެނޭ ކޮންގްރެސް ޕާޓީގައި މިވަގުތުވެސް 77،000 މެބަރުން އެބަތިބިކަމަށް ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ،

ރޭ ކުރިއަށްދިޔަ ޕީއެންސީ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، އައު ގާނޫނު އަސާސީގެ ދަށުން ގާއިމުވި މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މެމްބަރުން ތިބި ޕާޓީއަކީ ޕީއެންސީކަމަށެވެ.

 މި ޕާޓީގެ މެމްބަރުންގެ އަދަދަކީ 77،000 މެމްބަރުން، އެކަމަށްޓަކައި މި ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވަން.

އިލެކްޝަން ކޮމިޝަނުގެ ދަފްތަރުގައި ސިޔާސީ ޕާޓީތަކަށް މެމްބަރުން ބެހިފައިވާގޮތަށް ބަލާއިރު މިހާރު އެންމެ މެންބަރުން ގިނަ ޕާޓީ ޕީއެންސީއަށްފަހު ދެން އެންމެ މެންބަރުން ގިނައީ އިދިކޮޅު އެމްޑީޕީގައެވެ. އެޕާޓިގައި ތިބީ 55،399 މެންބަރުންނެވެ. ތިންވަނާގައި އޮތް ޖުމްހޫރީ ޕާޓީގައި ތިބީ 10،401 މެމްބަރުންނެވެ.

ފަލާހު ވިދާޅުވީ 20 ވަނަ މަޖިލިސް ތަމްސީލުކުރައްވާ ޕީއެންސީގެ ހުރިހާ މެމްބަރުން ތިއްބެވީ ރައީސް މުއިއްޒާއެކު ގަދަކޮށްކަމަށެވެ. ވެރިކަމުގެ ދަހިވެތިކަމުގައި މިއަދާހަމައަށް އައިއިރު 20 ވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ލަޝްކަރު ބައިބައިކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި އެކަން ނާކާމިޔާބުވަނީ ޕީއެންސީގެ ހުރިހާ މެމްބަރުންވެސް ރައީސް މުއިއްޒަށް ކުރައްވާ ފުރިހަމަ އިތުބާރުގެ ސަބަބުންކަމަށް ފަލާހު ވިދާޅުވިއެވެ.

ހަރުދާނާ ސިޔާސަތުތައް ތަންފީޒުކުރައްވާތީ ޕީއެންސީގެ މުޅި ލީޑަޝިޕު އޮންނާނީ ސާބިތުކަމާއެކު ރައީސް މުއިއްޒާ އެކީ ކަމަށާއި، ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ ހިތްވަރު ހުރި ހަމައެކަނި ލީޑަރަކީ ރައީސް މުއިއްޒުކަމަށް ފަލާހު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް