- Advertisement -spot_img

ތިމަރަފުށީގައި ގާއިމު ކުރި އާ ފުޓްސަލް ދަނޑު ހުޅުވައިފި

ތ. ތިމަރަފުށީ އާ ފުޓްސަލް ދަނޑު ހުޅުވައިފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތްތައް މިދިޔަ އޭޕްރީލް މަހު އެއްކޮށް ނިންމާލާފައިވާ ދަނޑު ރަސްމީކޮށް ހުޅުވީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

އާރްޑީސީ އިން ބުނީ، އެ  ކޯޕަރޭޝަނުން ތިމަރަފުށީގައި ތަރައްގީ ފުޓްސަލް ދަނޑު، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދު ﷲ ރާފިއު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފައިވާ ކަމަށެެވެ.

މި ރަސްމިއްޔާތުގައި އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނަބީހު އަފީފް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަނޑު ހެދުމުގެ މަސައްކަތް އާރްޑީސީ އިން ނިންމައިލީ ނުވަ މަސް ތެރޭގައެވެ. ސަރުކާރު މިހާރު ވެސް އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޓްސަލް ދަނޑުތައް ހަދަމުންނެވެ.

ގުޅުންހުރި ލިޔުންތައް