- Advertisement -spot_img

ހުޅުމާލޭ ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް ދިވެހި ފިރިހެނަކު ފެނިއްޖެ

ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެސްޓް ހައުސް އެއްގެ ތެރެއިން މަރުވެފައި އޮތް މީހެއް ފެނިއްޖެއެވެ.

މަރުވެފައި އޮއްވާ ފެނުނީ މާލެ / ސްޓަރ، މުޙައްމަދު ރަޒީން (50އ) އެވެ. ފުލުހުން ބުނިގޮތުގައި އެ މީހާ ފެނުނީ ގެސްޓް ހައުސްގެ 3 ވަނަ ފަންގިފިލާއިންނެވެ. އެކަމުގެ ރިޕޯޓް ކުރީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ބުންޏެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް