- Advertisement -spot_img

އޭދަފުށީ ބަނދަރު ސަރަހައްދު މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ބ. އޭދަފުށީ މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ބ. އޭދަފުށީ ބަނދަރު ސަރަހައްދު މޫދުން މަރުވެފައި އޮތް މީހަކު ފެނިގެން އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 7:55 ހާއިރުއެވެ. މި މައުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމަކުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ބ. އޭދަފުށީ، ސީސަންގޭ، އަލީ އަބްދުﷲ އެވެ. އޭނާ އަކީ އުމުރުން 82 އަހަރުގެ އުމުރުން ދުވަސްވީ މީހެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ރަށުގެ ބަނދަރު ސަރަހައްދުގެ މޫދު ތެރެއިންނެވެ.

އަލީ އަބްދުﷲ މަރުވާން މެދުވެރިވި ސީދާ ސަބަބެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ. އޭނާގެ ހަށިގަނޑު މޫދުން ނެގުމަށްފަހު އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ފުލުހުންގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު، މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލުތައް ހާމަކުރާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް