- Advertisement -spot_img

އެކްސިޑެންޓްތަކަށް ހޭލުންތެރިކުރަން ހިނގާލުމެއް ބާއްވައިފި

އެކްސިޑެންޓްތަކަށް ހޭލުންތެރިކުރަން ހިނގާލުމެއް ބާއްވައިފިއެވެ.

މި ހިނގާލުން ކުރިއަށްދިޔައީ ހުޅުމާލޭ ފޭސް1 ރުއްގަނޑު 2 ސަރަޙައްދު ކުރިމަތިން ނިރޮޅުމަގުން ގޮސް ޗަބޭލީމަގުން ގޮސް ނިރޮޅުމަގަށެވެ.

މި ހިނގާލުމުގައި މިނިސްޓަރ އޮފް ހެލްތް، ފެމެލީ އެންޑް ވެލްފެއާރ ގީލާ ޢަލީ، ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ރެޕްރެޒެންޓޭޓިވް މިސް ޕެއިޑަން، މާލެ ސިޓީ މޭޔަރ އާދަމް އާޒިމް، ސަރުކާރުގެ ވުޒަރާތަކުގެ ސްޓޭޓް މިނިސްޓަރުންނާއި އިސްބޭފުޅުން، ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާއި މުއައްޒަފުން ބައިވެރިވި އެވެ.

މިހިނގާލުމުގެ ތެރެއިން، ދެ ސަރަޙައްދެއްގައި މޯލްޑިވްސް ޕޮލިސް ސާވިސަސް އަދި ދިވެހި ރެޑްކްރެސެންޓްގެ ފަރާތުން އެކްސިޑެންޓު ސީންއާއި ފުރަތަމައެހީ ދޭނެ ގޮތް ކުރިއަށް ގެންގޮސްފައިވެއެވެ .މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ހަފްތާއާއި ގުޅުވައިގެން ބޭއްވި ހިނގާލުމެކެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ހަފްތާގެ ޝިޔާރަކަށް ކަނޑައަޅާފައިވަނީ ”ފުރާނައިގެ ސަލާމަތަށް އަޑު އުފުލަމާ“ އެވެ. މިއަހަރުގެ ޝިއާރުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައިވަނީ މަގުމަތީގައި ހިނގާ، އަދި ދުއްވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ.

ގުޅުންހުރި ލިޔުންތައް