- Advertisement -spot_img

އެމްއެމްއޭގެ ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެމްއޭއިން ވަނީ ބެޗްލާސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީއަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.

ސްކޮލަރޝިޕްއަށް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ 30 ޖޫން ވަނަ ދުވަހުގެ 14:00 އެވެ. ކޯސް ފުރިހަމަކުރުމަށްފަހު، 5 އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

އެމްއެމްއޭއިން ހުޅުވާލާފައިވާ ސްކޮޕަރޝިޕް ފުރުސަތުތައް:

* ބެޗްލަރ އޮފް އެކައުންޓިންގ، ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ

* މާސްޓަރ އޮފް ލޯސް، އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ

* މާސްޓަރ އޮފް އިކޮނޮމިކްސް، އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ

* ޕީ.އެޗް.ޑީ، އިންސީފް ޔުނިވަރސިޓީ، މެލޭޝިޔާ

– ޕީ.އެޗް.ޑީ. އިން އިސްލާމިކް ފައިނޭންސް (ކޯސްވަރކް އެންޑް ޑެޒަރޓޭޝަން)، ނުވަތަ

– ޕީ.އެޗް.ޑީ. އިން އިސްލާމިކް ފައިނޭންސް (ރިސަރޗް)، ނުވަތަ

– ޕީ.އެޗް.ޑީ. އިން އެޕްލައިޑް މުއާމަލާތު (އިކޮނޮމިކްސް އެންޑް ފައިނޭންސް)

މި ސްކޮލަރޝިޕްއަށް ހޮވޭ ފަރާތްތަކަށް ޓިއުޝަން ފީއާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ޚަރަދުތައް ލިބޭނެއެވެ. އެމްއެމްއޭއިން ވިދާޅުވީ ޕްރޮގްރާމުގައި ހުންނަ މުއްދަތުގައި ދިރިއުޅުމުގެ ޚަރަދާއި، ބުކް އެލަވަންސްއާއި، އެސްޓެބްލިޝްމަންޓް އެލަވަންސްއާއި، ޑިޕާޗަރ އެލަވަންސް ލިބޭނެކަމަށެވެ. އަދި ވިސާ ޚަރަދާއި، ހެލްތު އިންޝުއަރެންސް ލިބޭނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް