- Advertisement -spot_img

މަރުޙޫމް އިބްރާހީމް ޙަލީމް އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ރާއްޖޭގެ ކުރީގެ 6 ރައީސުންނާއެކު އިޚްލާސްތެރިކަމާއެކު މަސައްކަތްކުރެއްވި އިބްރާހީމް ޙަލީމް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އިބްރާހީމް ޙަލީމް ވަނީ ބައި ޤަރުނަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައެވެ.

އިބްރާހީމް ޙަލީމް އަވަހާރަވުމާއި ގުޅިގެން ތަޢުޒިޔާ ވިދާޅުވެ ރައީސް ކުރެއްވި ޕޯސްޓުގައި ވަނީދައުލަތަށް ކުރެވި ޚިދުމަތުގެ ބޮޑުބައެއް އިބްރާހީމް ޙަލީލް މަސައްކަތް ކުރެއްވީ މުލިއާގޭގައި ކަމަށް ވިދާޅުވެފައެވެ. ކުރީގެ 6 ރައީސުންނާއެކު މަސައްކަތް ކުރައްވާފައިވާއިރު، އިބްރާހީމް ޙަލީމް ދިވެހި ދައުލަތަށް ޚިދުމަތްކޮށްދެއްވީ އިޚުލާޞްތެރި ކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

ޚިދުމަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު އެމަނިކުފާނަށް ވަނީ، ލިބިވަޑައިގެންފައެވެ. އިބްރާހީމް ޙަލީމް އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. އަދި މާތްﷲގެ ތަނަވަސް ރަޙުމަތުގައި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް އިބްރާހީމް ޙަލީމް ލެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.

ގުޅުންހުރި ލިޔުންތައް