ލޯންޗެއް އެކްސިޑެންޓްވެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއްވެ، ފަރުވާދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ އެ ލޯންޗަކީ ދެ ފަޅުވެރިންނާއެކު ދަތުރުކުރި ލޯންޗެއް ކަމަށެވެ.
‘’ޓުއަރ ގާޑް’’ ނަމަކަށް މި ލޯންޗް އެކްސިޑެންޓްވެގެން ސިފައިން އެހީތެރިވަމުން އަންނައިރު ލޯންޗްގައި ތިބި ދެ ފަޅުވެރިންނަށް ވެސް ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަދި އެމީހުން އައިޖީއެމްއެޗަށް ގެނެސް ފަރުވާދެމުންދާކަމަށް ވެސް ބުންޏެވެ.



