ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސަކު އިންތިހާބު ކުރަން މިއަދު އިތުރު ޖަލްސާއެއް ބާއްވަން ތާވަލުކޮށްފިއެވެ.
މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދަށް އެޖެންޑާކޮށްފައި ވަނިކޮށް ނާޒިމް މިއަދު ވަނީ މަޖިލީހުގެ ނައިބުރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
މިއަދު ހެނދުނު 9:00 އަށް އެޖެންޑާކުރި ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ނާޒިމު އިސްތިއުފާ ދެއްވިކަން އިއުލާނު ކުރައްވާފަ އެވެ.
މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު މެންދުރުފަހު 01:00 ގައި އޮންނާނެކަން އިއުލާނު ކުރެއްވުމަށްފަހު އެ ޖަލްސާ ވަނީ ނިންމާލައްވާފަ އެވެ.



