ފޮރިން މިނސްޓަރު އިރުތިޝާމް އާދަމް، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝަރލީ އަޔޯކޯ ބޮޗްވޭއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިރުތިޝާމް ވިދާޅުވީ މި ބައްދަލުވުމުގައި ކޮމަންވެލްތުގެ ތެރޭގައި ދެފަރާތުގެ މަސްލަހަތު އޮންނަ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވުނު ކަމަށެވެ.
އަދި ކޮމަންވެލްތާއެކު އޮންނަ ގާތް ގުޅުމަށާއި ކޮމަންވެލްތުގެ އަސާސްތައް ދެމެހެއްޓުމަށް ރާއްޖެއިން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކަމަށްވެސް އިރުތިޝާމް ވިދާޅުވިއެވެ.
މީގެއިތުރުން ކޮމަންވެލްތުގައި މިހާރަށް ވުރެ ހިންގުންތެރި ދައުރެއް އަދާކުރުމަށް ރާއްޖެއިން އުއްމީދުކުރާ ކަމަށްވެސް ވިދާޅުވިއެވެ.



