- Advertisement -spot_img

އަބްދުﷲ ޝަރީފު އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

ލ. ދަނބިދޫ، ނިރިލި، އަބްދުﷲ ޝަރީފް އަވަހާރަވުމާއި ގުޅިގެން އާއިލާއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަބްދުﷲ ޝަރީފަކީ، ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ކޯޑިނޭޓަރެއްގެ މަގާމުގައި، އެމަނިކުފާނު ގާތުގައި މަސައްކަތްކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ލ. ދަނބިދޫ ކަތީބުކަމާއި ހިންގުމުގެ ދާއިރާގެ މިނޫން ވަޒީފާތައްވެސް އޭނާ އަދާކުރައްވާފައިވެއެވެ.

”މާތްﷲގެ ތަނަވަސް ރަހުމަތުގައި މަރްހޫމް އަބްދުﷲ ޝަރީފް ލަހައްޓަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ކުރަން. އަދި މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވަން،“ ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް