- Advertisement -spot_img

ދިޔަވަމުން ދިޔަ ލޯންޗަކުން 25 މީހަކު ސަލާމަތްކޮށްފި

އއ. ތޮއްޑޫއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ދިޔަވަމުން ދަނިކޮށް ފުލުހުން އެ ލޯންޗުގައި ތިބި 25 މީހަކު މިއަދު ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 17:30 ހާއިރު މާލެއިން ތޮއްޑޫއަށް ދަތުރުކުރަމުން ދިޔަ ”ރިލެކްސް އައިޝާ“ ނަމަކަށް ކިޔާ ލޯންޗު ދިޔަވެ އަޑިއަށް ދާތީ އެ އުޅަނދުން ދަތުރުކުރި 25 މީހުން ރައްކާތެރިކަމާއެކު ގެނެވިފައިވާ ކަމަށެވެ.

މިދުވަސްވަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ދަތުރު ކުރާފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ދަތުރު ކުރުމަށް މި ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް ފަސް ދުވަހު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށާއި ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެތެރެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް