- Advertisement -spot_img

ރައީސް މުއިއްޒުގެވެރިކަން ވައްޓާލުމަކީ ނަނާ ހުވަފެނެއް, އެކަމެއް ނުވާނެ: އަބްދުއްރަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

ހިތަދޫ އުތުރު ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަލުރައްވާ އަހްމަދު ސައީދުގެ ކެމްޕޭން ފެށުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީރައްޔިތުންގެ މަޖިލީހަށް ހޮވަންވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް ތަންފީޒުކުރާނެ ޤައުމަށް ކުރިއެރުން ގެނެސްދޭނެ މެންބަރެއް ކަމަށެވެ. އަދި ވަކި މެންބަރަކު އިންތިހާބުކޮށްގެން ވެރިކަން ވައްޓާލުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ. ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތިބޭފުޅުންނަކަށް ނުނެންގެވޭނެ. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. ރައްޔިތުން ހައްލަން ރައްޔިތުން ވާވައްދަން ރައްޔިތުންނަށް އަވާމެންދުރު ދައްކަން ބޭނުންހާ ވާހަކައެއް ދައްކައިގެން ހޯދޭނެ ކާމިޔާބެއް ކުރިއެރުމެއް ތިބޭފުޅުންނަކަށް ނޯންނާނެ. ރައްޔިތުން ތިބީ ތިބޭފުޅުންނާ އެކީގައެއް ނޫން. ރައްޔިތުން ތިބީ ޑރ. މުޢިއްޒާ އެކީގަ. މި ސަރުކާރާ އެކީގަ. ޕީއެންސީއާ އެކީގަ“ ޢަބްދުއްރަޙީމް ވިދާޅުވިއެވެ. 

ޢަބްދުއްރަޙީމް ވިދާޅުވީ މާޒީއަށް ބެލުމުން ޔަގީންވަނީ ހިތަދޫ އުތުރުގެ ގޮނޑި ޙައްޤުވަނީ ޕީއެންސީއަށް ކަމެވެ. އެއީ އައްޑޫ ރައްޔިތުންގެ މުހިއްމު ލިޔެކިޔުންތަކުގައި ހުޅުޖެހި ބައެއްގެ ކެންޑިޑޭޓެއް އައްޑޫ ރައްޔިތުން ބޭނުންނުވާނެތީ ކަމުގައި ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި ލިޔެކިޔުންތަކުގައި ހުޅުޖެހި މީހަކު މަޖިލީހުގެ ގޮނޑިއަށް ގެންނަން ނުވާނެކަމަށް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީއަކީ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވާ ޕާޓީއެއް ނޫން ކަމަށާއި އެހެންކަމުން އަބްދުﷲ ސޯދިގު މަޖިލީހަށް ވަޑައިގެން ކުރަންޖެހޭ ކަމެއް ނޯންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ، އައްޑޫ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީއާއި ކުރިއެރުން ގެނެސްދޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަމަށެވެ. 

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އޮންނާނީ ޖޫން 6 ވަނަ ދުވަހު އެވެ. 

ގުޅުންހުރި ލިޔުންތައް