ށ. މިލަންދޫގައި އެއާޕޯޓް ގާއިމްކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމައިފިއެވެ.
މިލަންދޫގައި އެއާޕޯޓު ހެދުމުގެ އެއްބަސްވުމުގައި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެމެދު ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ފާއިތުވި މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އެރަށަަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިލަންދޫގައި އެއާޕޯޓް ގާއިމްކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް 31 ދުވަހުން ނިންމާފައިވާ ކަމަށެވެ.
އެމަޝްރޫއު ފެށީ މިދިޔަ އެޕްރިލް މަހުގެ ތިން ވަނަ ދުވަހުއެވެ. މަޝްރޫއު ނިންމާފައިވަނީ އިއްޔެއެވެ.
އެ މަސައްކަތުުގެ ދަށުން 21 ހެކްޓަރު ހިއްކާފައިވެއެވެ. މިލަންދޫގައި އެއާޕޯޓް ގާއިމްކުރުމަށް ބޭނުންވާ ބިންހިއްކުމުގެ 100 ޕަސެންޓު ފުރިހަމަކޮށް ނިންމާފައިވާއިރު އެމަސައްކަތް ކުރިޔަށްގެންދިޔައީ ނެދަލޭންޑްސްގެ ރާނީ ޑްރެޖަރު ބޭނުންކޮށްގެން ކަމަށް ޕޯސްޓްގައި ވެެއެވެ. އޭގެ ކެޕޭސިޓީއަކީ 35000 ސީބީއެމްއެވެ.



