- Advertisement -spot_img

ތެލުގެ ޝިޕްމަންޓްތައް މެދުނުކެނޑި ލިބޭނެ، އަގުތައް ހެޔޮވާނެ ކަމުގެ އުންމީދު އެބައޮތް: މިނިސްޓަރު ޒަމީރު

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް ތެޔޮ ލިބުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށާއި، ކުރިއަށް އޮތް ހޯމަ ދުވަހުގެ ކުރިން ތެލުގެ އަގުތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި، އިސްރާއީލާއި، އީރާނާއި، އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަމާ ގުޅިގެން އުފެދިފައިވާ ހާލަތު ބެލުމަށް އެކުލަވާލާފައިވާ ވަޒީރުންގެ ކޮމިޓީން ދަނީ ކަންކަން ވަރަށް ގާތުން ބަލަމުންނެވެ. މިހާތަނަށް ތެލާއި ގޭހުގެ ޝިޕްމަންޓްތައް ތާވަލާ އެއްގޮތަށް ރާއްޖެއަށް ލިބެމުންދާ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

ސުލްހައިގެ ވާހަކަތަކާއެކު މިދިޔަ ހަފްތާ ބަންދުގައި ސާފުނުކުރާ ތެލުގެ އަގަށް ބަދަލުތަކެއް އައިސްފައިވެއެވެ. މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު ސާފުކުރި ތެލުގެ އަގަށް އެދެވޭ ބަދަލެއް އައިސްފައެއް ނުވެއެވެ. ނަމަވެސް، އަންނަ ހޯމަ ދުވަހާ ހަމައަށް އަގުތައް ހެޔޮވާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ގައުމީ ތެޔޮ ރިޒާވެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ގުޅުންހުރި ލިޔުންތައް