ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ރޯދަމަހު ރައްޔިތުންނަށް ދަތިނުވާނެހެން ކަންކަން ހަމަޖެއްސުމަށް މިދަނީ މަސައްކަތްކުރަމުން: ސަޢީދު

ރަމަޟާން މަހު ރައްޔިތުންނަށް އެއްވެސް ދައްޗެއް އަދި ތަކުލީފެއް މެދުވެރިނުވާނެ ގޮތަކަށްށް ކަންކަން ބައްޓަންކުރެއްވުމނަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށް އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރުންގެ މަޖިލީހުގެ ފެންވަރުން ފެށިގެން ކުރެވެމުންދާ މި މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ކައިރިން ބައްލަވައި، މަސައްކަތް ރަނގަޅަށް ކުރިއަށްގެންދިއުމަށް އިރުޝާދު ދެއްވަމުންގެންދަވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

“ މިއަހަރުގެ ރަމަޟާން މަސް ނިމިދިޔަ އަހަރުގެ ތަޖުރިބާއަށް ބައްލަވާފައި ރައީސް ވަރަށް ގާތުން ކެބިނެޓް ލެވެލްގައިވެސް އެކަން ބައްލަވަމުން އެބަ ގެންދަވާ، ރައްޔިތުން ދިމާވެދާނެ އެއްވެސް ދައްޗެއް ތަކުލީފެއް ނޯންނާނެ ގޮތަކަށް ހުރިހާ ވުޒާރާތަކެއްވެސް ގުޅިގެން ސަރުކާރުގެ ހުރިހާ ކުންފުނިތަކެއްވެސް ގުޅިގެން މިކަން ކޮށްދެއްވާނެ،“ ސަޢީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސަޢީދު ވިދާޅުވީ، މިދިޔަ އަހަރު ރަމަޟާން މަހުގެ އިންތިޒާމުތައް ކުރިއަށްގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ބެއްލެވުމުގެ ދަށުންކަމަށާއި، އެގޮތުން މިދިޔަ އަހަރަކީ ފަހުގެ ތާރީޚުގައި ބާޒާރުގެ އަގުތައް އެންމެ ރަނގަޅަށް މެނޭޖްކުރެވުނު އަހަރުކަމަށެވެ.

ރައީސް މުޢިއްޒު ވެރިކަމުގެ ހުވައިކުރެއްވުމަށްފަހު ފަހު ރޯދަމަހާއި ގުޅުވައިގެން ނެންގެވީ ޚާއްސަ ކޮމެޓީއެއް ކަމަށާއި، އެއީ މުޅި ސަރުކާރު ތެރޭގައި ކަންކަން ވިލަރެސް ކުރާނެ ކޮމެޓިއެއްކަމަށް ސަޢީދު ފާހަގަކުރެއްވިއެވެ. އަދި މިއީ ތަކެތީގެ އަގު ބޮޑު ނުވާނެގޮތަކަށް އިންތިޒާމްތައް ހަމަޖެއްސޭތޯ އެކުލަވާލި ކޮމެޓީއެއްކަމަށްވެސް ސަޢީދު ވިދާޅުވިއެވެ. އެގޮތުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި ކުޑަކުޑަ މުޖުތަމަޢެއްގައި ޚާއްޞަކޮށް ރޯދަމަހާ ދިމާކޮށް އަގުތައް ހިފެހެއްޓުމަކީ މުހިންމުކަމެކެވެ.

“ ރައީސް އޮފީހުގެ ބެލުމުގެ ދަށުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިޔަ، އަގުބޮޑު ނުވާނެގޮތަކަށް އިންތިޒާމް ހަމަޖެއްސޭތޯ ޚާއްސަގޮތެއްގައި ލޮޖިސްޓިކް، މިސާލަކަށް އެމްޕީއެލް ، ކަސްޓަމްސް ،އެއާޕޯޓް ކާގޯ އެއީ އެއާފްރައިޓް ކޮށް އަންނަ މުދާތައް.“ ސަޢީދު ވިދާޅުވިއެވެ.  

މީގެ އިތުރުންވެސް އަތޮޅުތެރެއަށް ކާބޯތަކެތި ފޯރުކޮށްދިނުުމަކީ އަދި ބާޒާރުން ބައެއް ތަކެތި ނުލިބޭ ހާލަތުގައި، އެތަކެތި ހޯއްދަވައި ބާޒާރަށް ނެރުއްވުމަކީވެސް މިކަހަލަ މުޖްތަމަޢުއެއްގައި ކުރަންޖެހޭކަމެއްކަމަށް ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ މިއަހަރުވެސް ތަކެތީގެ އަގުތައް ކޮންޓްރޯލެކުރެވި މެނޭޖް ކުރެވިގެން  ދާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް