ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ރަމަޟާން އިނާޔަތް މިމަހުގެ 20ގެ ކުރިން ދިނުމަށް އަންގައިފި

ރަމަޟާން މަހުގެ ޢިނާޔަތް ފައިސާ މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން މަވައްޒަފުންނަށް ދިނުމަށް މާލީ ކަންކަމާއި ތަރައްޤީއާއި، ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އަންގަވައިފިއެވެ. މި ވުޒާރާއިން މި ގޮތަށް އަންގަވާފައި ވަނީ މި ވުޒާރާއިން ނެރުނު ސާރކިއުލާރއެއްގައެވެ. 

މާލީ ވުޒާރާއިން ނެރުނު ސާރކިއުލާރގައި، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން ރޯދަ އިނާޔަތުގެ ގޮތުގައި ދިނުމަށް ޤާނޫނުގައި ލާޒިމުކޮށްފައިވާ 3000 ރުފިޔާ، މި މަހުގެ 20 ވަނަ ދުވަހު ދިނުމަށް ވަނީ އަންގަވާފައެވެ. މާލީ ވުޒާރާއިން ވަނީ އިނާޔަތުގެ ފައިސާ މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް އަޕްލޯޑްކޮށް ޕޯސްޓްކުރުމަށް ވެސް ކުންފުނިތަކަށް އަންގަވާފައެވެ.

އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާއިން މުސާރަ ލިބޭގޮތަށް މަސައްކަތްކުރާ ފަރާތްތަކަށް އެ ފަރާތެއްގެ އަސާސީ ވަޒީފާ އަދާކުރާ އޮފީހުން ރޯދަ އިނާޔަތުގެ ފައިސާ ދިނުމަށާއި، އިތުރަށް ވަޒީފާ އަދާކުރާ އޮފީހުން ނުވަތަ އޮފިސްތަކުން އެ ފައިސާ ނުދިނުމަށް ވަނީ އަންގަވާފައެވެ. ހަމައެހެންމެ، ރަމަޟާން މަސް ފެށޭއިރު، އޮފީހަށް ޚިދުމަތް ނުލިބޭ ގޮތަށް ”ޕޭ ލީވް“ ނުވަތަ ”ނޯ ޕޭ ލީވް“ ގައި ތިބި މުވައްޒަފުން ވެސް ރޯދަ އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށް އެ ވުޒާރާއިން ނެރުނު ސާރކިއުލާރގައި އަންގަވާފައިވެއެވެ. 

މިފަދަ ލީވްއެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނުކުމެއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އެ އަދަދަށް އިނާޔަތުގެ ފައިސާ ދިނުމަށްވެސް އެ ވުޒާރާގެ ސަރކިއުލަރގައި ވަނީ ވިދާޅުވެފައެވެ. ކަލަންޑަރުގައިވާގޮތުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ 1 ވަނަ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް