އަންގާރަ, ޑިސެމްބަރ 9, 2025
spot_img
- Advertisement -spot_img

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށްފި

ހއ. ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ތިން މަސް ދުވަހަށް ސަސްޕެންޑްކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފިއެވެ. 

ވަހީދު ސަސްޕެންޑްކޮށް އެލްޖީއޭއިން ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ބައެއް މާއްދާތަކާއި ކައުންސިލްގެ ރައީސް ޚިލާފުވެފައިވާ ކަމަށާއި، ސުލޫކީ މިންގަނޑާއި ހިލާފަށް ހޯރަފުށީ ކައުންސިލްގެ މެމްބަރުންގެ އަމަލުތައް ބަހައްޓާފަައިވާ ކަމަށެވެ. އެކަމުގެ ގެއްލުން ކައުންސިލާއި ލާމަރުކަޒީ ނިޒާމަށް ލިބިފައިވާ ކަމަށެވެ. 

މީގެ އިތުރުން، އިންކުއަރީ އެލްޖީއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން އެ ރިޕޯޓުގައި ލަފާދީފައިވާ ގޮތަށް ކަންކަން ކުރުމަށާއި ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލާއި އިދާރީ އެހެން މުވައްޒަފެއްގެ އިހުމާލެއްވާ ނަމަ އެކަންކަމަށް ޒިންމާވާ މުވައްޒަފަށް ފިޔަވަޅު އެޅުމަށް އެ މައްސަލައަކާއި ގުޅުންހުރި، ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް ވެސް އެލްޖޭއޭން މިއަދު ވަނީ ނިންމާފައެވެ. 

ކައުންސިލްގެ ރައީސް ހިމެނޭހެން ހޯރަފުށީ ކައުންސިލުގައި ތިބެނީ 7 މެމްބަރުންނެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތް އެ ކައުންސިލްގެ ބާކީ ތިބި ހުރިހާ ކައުންސިލަރުން ވެސް ވަނީ ސަސްޕެންޑުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް