ގެދޮރު އިމާރާތްކުރަން ބީއެމްއެލް އިން ދޫކުރާ ހިޔާވަހި ލޯނަށް ލުއި ޝަރުތުތަކެއް ކަނޑައަޅައި، އެ ލޯނުގެ ދެވަނަ ބުރަށް އިއުލާންކުޜާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާފަންނު ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ހިޔާވަހި ލޯނު ސްކީމަށް ކުރިމަތިލުމުގެ ޝަރުތުތައް އެކަށައެޅިފައިވާގޮތުން ގިނަބައެއްގެ ކަންބޮޑުވުންތައް އެމަނިކުފާނަށް ލިބިފައިވާ ކަމަށެވެ.
އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް އެ ލޯނަށް އެދި ހުށަހަޅާ ޝަރުތުތައް މުރާޖައާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ހިޔާވަހި ލޯނުގެ ދެވަނަ ބުރަށް ހުޅުވާލާއިރު، ހުންނާނީ ލުއި ޝަރުތުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދު ފުއްދަވާނެ ކަަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ފްލެޓް އެޅުމާއި ގޯތިތައް ދޫކުން ކުރިއަށްގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



