އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ބީއެމްއެލް އިން ސްރީލަންކާއަށް 25،000 ޑޮލަރު ހަދިޔާކޮށްފި

ތޫފާން ’ދިތުވާ’ގެ ސަބަބުން ސްރީ ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕީއެސްއެމް އިން އިސްނަގައިގެން އަމިއްލަ މީޑިއާތަކާ ގުޅިގެން ބާއްވާ ޓެލަތޯނަށް ބީއެމްއެލް އިން 25،000 ޑޮލަރު ހަދިޔާކޮށްފިއެވެ.

ބީއެމްއެލްގެ ފަރާތުން ފައިސާގެ ޗެކު ހަވާލުކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފެވެ.

ޗެކް ހަވާލުކުރެއްވުމަށް ފަހު ޝަރީފް ވިދާޅުވީ ސްރީލަންކާގައި ބީއެމްއެލްގެ އެތައް ކަސްޓަމަރުންނާއި ޕާޓްނަރުން ދިރިއުޅުއްވާ ކަމަށެވެ. އަދި އެ ގައުމަކީ ބީއެމްއެލްއާ އެކު ގާތް ވިޔަފާރީގެ ގުޅުން ބާއްވާ ގައުމެއްކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ލަންކާއަށް ކުރިމަތިވި ހިތާމައިގައި އެ ބޭންކުން ބައިވެރިވާ ކަމަށެވެ.

މިހާތަނަށް މި ޓެެލެތޯނަށް ވަނީ ޖުމްލަ ދެ މިލިއަނަށް ވުރެ ރުފިޔާ ހަދިޔާކޮށްފައެވެ.

ދިވެހި ސަރުކާރުން ވެސް ވަނީ ސްރީލަންކާއަށް 50،000 ޑޮލަރާއި 25،000 މަސް ދަޅު ހަދިޔާކުރަން ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް