އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ވެލިދު އާއި ހޮޅުދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފަށައިފި

ނ. ވެލިދު އާއި ހޮޅުދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ހިދުމަތް ފަށައިފިއެވެ.

އެ ދެ ރަށުގައި އެ ހިދުމަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒީމް އިބްރާހީމެވެ.

ވެލިދޫ ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރެއްވުމަށްފަހު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ވެލިދޫގައި މިއަދު އިފްތިތާޙު ކުރި އެކްސްރޭގެ ޚިދުމަތަކީ، ރައްޔިތުން އެތައް ދުވަހެއް ވަންދެން އެދެމުން ދިޔަ ޚިދުމަތެއް ކަމަށެވެ. އަދި މި ޚިދުމަތް މި ރަށުގައި ފެށުމާއިއެކު މި ރަށުގެ ސިއްޙީ މަރުކަޒު އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

”މިއަދު މި ޚިދުމަތް ޤާއިމްވެގެންދިއުން ނުވަތަ މި ޚިދުމަތް އިފްތިތާހުކުރުމަށް ބޭއްވޭ މި ރަސްމިއްޔާތުން އަޅުގަނޑަށް މި ފެނިގެން ދިޔައީ މިރަށުގެ ރައްޔިތުން ސިއްޙީ ޚިދުމަތްތަކަށް އެދިލައްވާ މިންވަރު. މި ޚިދުމަތްތައް ހަރުދަނާވެގެން ދާން ބޭނުންވާ މަންޒަރު. މިރަށުގައި އެކްސްރޭގެ ޚިދުމަތް ފެށުމަކީވެސް މި ރަށު މީހުން އެތަކެއް ދުވަހެއް ވަންދެން ދެކެމުން ދިޔަ ހުވަފެނެއްް. މިއަދު މި ހުވަފެން ހަޤީޤަތަކަށް މިވަނީ.“ ނާޒިމް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުން އަންނަނީ އަތޮޅުތަކުގައި ސިއްހީ ހިދުމަތްތައް ފުޅާކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް