އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އާސަންދައިން ލިބޭ އެއްވެސް ބޭހެއް ހުއްޓައެއް ނުލަން: މިނިސްޓަރު ނާޒިމް 

މިހާތަނަށް އާސަންދައިގެ ދަށުން ލިބެމުން އައި އެއްވެސް ބޭހެއް އާސަންދައިގެ ދަށުން ދިނުން ހުއްޓާލާފައިނުވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާާޅުވެއްޖެއެވެ.

މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ.

މިނިސްޓަރު ވިދާޅުވީ، އާސަންދައިން ލިބޭ އެއްވެސް ބޭހެއް ހުއްޓާލާފައިނުވާނެ ކަމަށާއި އާސަންދައިން ނުލިބޭ ބޭސްތައް އާސަންދައިގެ ލިސްޓަށް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

”މިސާލަކަށް އަޅުގަނޑު ދަންނަވައިފިން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުުރުހެލިވެފައިވާ މީހާއަށް ބޭނުންވާ ބޭސް، އެންމެންނަކަށް ބޭހެއް ބޭނުމެއް ވެސް ނުވާނެ ބައެއް މީހުންނަށް ކައުންސިލިން ދީގެން އެކަން ރަނގަޅު ކުރެވޭނެ، އެކަމަކު ބައެއް ހާލަތްތަކުގައި ކްލިނިކަލީ ބޭސްދީގެން އެމީހަކަށް ޓްރީޓް ކުރާނެ ހާލަތެއް އަތުވެއްޖެނަމަ އެ ދޭންޖެހޭ ބޭސް ވެސް އާސަންދައިގެ ނިޒާމުގެ ތެރެއިން ދައުލަތުން މިހާރު މިވަނީ ދޭން ފަށައިފައި އަދި ހަމައެއާ އެކު އެނގިވަޑައިގަންނަވާނެ ރާއްޖޭގައި ފުރަތަމަ ގާއިމް ކުރި ފާޓިލިޓީ ސެންޓަރުގެ ހިދުމަތްތައްވެސް އާސަންދައިގެ ނިޒާމުގެ ތެރެއިން ދެވޭނެ ނިޒާމު މިހާރު ގާއިމްކުރެވި، ސަރުކާރުން ވަނީ ގާއިމް ކުރައްވައިފައި،“ ނާޒިމް ވިދާޅުވިއެވެ.

މި ސަރުކާރުން މަސައްކަތް ކުރަނީ އާސަންދަ އިތުރަށް ފުޅާކޮށް ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް