ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ސަރުކާރުން ޓެކްސީ ފަށަނީ 150 ކާރާއެކު: ރައީސް

އަންނަ ފެބްރުއަރީ މަހު ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށާނީ 150 ކާރާއެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން އެމްޓީސީސީއާއި ޓްރާންސްޕޯޓު މިނިސްޓްރީއާ އެކު އެމްޔޫއޯއެއްގައި ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަމީނިއްޔާ ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ޓެކްސީ ލައިން ހިދުމަތް ފެށުމަކީ ޓެކްސީ ޑްރައިވަރުންގެ ވިޔަފާރި އަތުލުން ނޫން ކަމަށާއި ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް އެންމެ ރަނގަޅު ޓެކްސީ ހިދުމަތް ދޭން ކަމަށެވެ.

”މިހާރު އެއޮތީ 400 ޑްރައިވަރުންނަށް އިއުލާންކޮށްފައި. އަޅުގަނޑުމެން މި ގެންނަނީ 150 އީ ކާރު. މި 150 ކާރު މި ގެންނަނީ. އަންނަ ޖެނުއަރީ، ފެބްރުއަރީ މަސް ތެރޭގައި ހުރިހާ ކާރެއް ގެނެސްގެން މި ފަށަނީ 150 ކާރާ އެކީ. އެމްޓީސީސީގެ ފަރާތުން ޓެކްސީ ސާވިސް މި ދެނީ،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓެކްސީ ލައިން ހިދުމަތަށް ޑްރައިވަރުން ހޯދުމުގައި އިސްކަންދޭނީ މިހާރުވެސް ޓެކްސީ ދުއްވާ ޑްރައިވަރުންނަށް ކަމަށާއި އެ ހިދުމަތުން ގިނަ ޑްރައިވަރުންގެ ޝަކުވާއަށް ހައްލުތަކެއް ލިބޭނެ ކަމަށެވެ.

”ޑްރައިވަރުންގެ ތެރެއިން ގިނަ ބައެއްގެ ޝަކުވާއަކީ އެ ފަރާތްތަކަށް ސްޓެޑީ އިންކަމެއް ނުލިބޭތީ. އެހެންވީމަ މިހާރު މި ހުޅުވާލި ފުރުސަތުގަ އެ އޮންނަ އުސޫލުގެ ތެރެއިން ހަމަ ކޮންމެ ގޮތެއްވިޔަސް އެ ލިބެން ޖެހޭ ސްޓެޑީ އިންކަމް މަންތުލީ ލިބޭނެ، ވީކްލީ ލިބެން ޖެހޭ އިންކަމް ލިބޭނެ،“ ރައީސް ވިދާޅުވިއެވެ.

ސަރުކާރާ އެކު މަސައްކަތް ކުރާ ޓެކްސީ ޑްރައިވަރުންނަށް އާއިލާތަކާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް