ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމްކުރަން ރައީސް ނިންމަވައިފި

ވިލިމާލޭގައި އަންނަ އަހަރު ޑޮލަރު އޭޓީއެމްއެއްގެ ޚިދުމަތް ފަށައި، އަންނަ އަހަރު ވިލިމާލޭގެ އެންމެ ބޮޑު އެއް މަޝްރޫޢުގެ ގޮތުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ މަޝްރޫޢު ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިރޭ ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ވިލިމާލޭ މުޙްޔިއްދީން ސްކޫލުގައި އޮތް ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އަންނަ އަހަރު ރާއްޖޭގެ 70 ރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާއިރު، އެ ލިސްޓުގައި ވިލިމާލެ ހިމެނޭނެ ކަމަށެވެ.

އަންނަ އަހަރުގެ އިތުރު މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު އެއް މަޝްރޫޢަކީ 1200 މީހުންގެ ޖާގައިގެ ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ވިލިމާލޭގައި އޮތް ދަނޑު ފީފާ ސްޓޭންޑާޑަށް ގެންދިއުމަށްޓަކައި ބަޖެޓުގައި ހިމަނައިގެން ދަނޑު ތަރައްޤީކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވިލިމާލޭގައި އިމާރާތްކުރާ 100 އެނދުގެ ހޮސްޕިޓަލާއި މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން ވިލިމާލޭގެ މަގުތައްވެސް ހަދާނެ. މަގު ހަދާއިރު ވިލިމާލޭގެ ފެނާއި ނަރުދަމާ ނިޒާމް އަޕްގްރޭޑް ކުރަންޖެހޭ، އެ މަސައްކަތް ކުރިއަށްދާނެ“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. 

ގުޅުންހުރި ލިޔުންތައް