ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އިސްތިއުފާދެއްވައިފިއެވެ.
ފައިސަލް އިސްތިއުފާދެއްވީ އޭނައާ ގުޅޭ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ދަނިކޮށެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ފައިސަލް އައްޔަންކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ފައިސަލް އައްޔަން ކުރަން ޖޭއެސްސީން ވަނީ ކުރިން ފާސްކޮށްފައެވެ. ނަމަވެސް އޭނައާ އެ މަގާމް ހަވާލުކޮށްފައެއްނުވެއެވެ.
ފައިސަލްއާ ގުޅޭގޮތުން ބަލަމުން ދިޔައީ ކޮން މައްސަލަތަކެއް ކަމެއް ސާފެއް ނުވެއެވެ.



