ހއ. ދިއްދޫގައި މުޅިން އަލަށް އިމާރާތްކުރާ އަތޮޅު ހޮސްޕިޓަލްގެ ބިންގާ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އަޅުއްވައިދެއްވައިފިއެވެ.
މިހާރު ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި އިތުރު ހިދުމަތްތައް ދިނުމަށް ޖާގައެއް ނެތެވެ. އެހެންވެ އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ރަށުގައި ޒަމާނީ ފެންވަރުގެ އާ ހޮސްޕިޓަލްގެ އިމާރާތްކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
އަލަށް އިމާރާތްކުރަނީ ފަސް ބުރީގެ ހޮސްޕިޓަލެކެވެ.
އެ ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރު ނާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދެވެ.
އާ ހޮސްޕިޓަލުން ހިދުމަތްތަކެއް ދިނުމަށް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެތެރޭގައި އައިސޮލޭޝަން ފެސިލިޓީ ރޭޑިއޮލޮޖީ ޑިޕާޓްމެންޓުގައި ސީޓީ އާއި އެމްއާރުއައި މެމޮގްރަފީ އާއި އަލްޓްރާ ސައުންޑުގެ ހިދުމަތް ހިމެނެއެވެ.
މި އިމާރާތުގެ މަޝްރޫއުގެ ތެރޭގައި ވޭސްޓް މެނޭޖްމެންޓު ސެންޓަރަކާއި އިންޑަސްޓްރިއަލް ލޯންޑްރީ އާއި އޮކްސިޖަން ޕްލާންޓް ގާއިމް ކުރުން ހިމެނެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، މި މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 185.6 މިލިޔަން ރުފިޔާއަށެވެ.



