ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ގުޅިފަޅުގެ 2،319 ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފި

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރެއިން 2،319 ގޯތީގެ ރަޖިސްްޓަރީ މިހާތަނަށް ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިހާތަނަށް 2،319 މީހަކަށް ރަޖިސްޓަރީ ދޫކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 25 މީހަކަށް ޕްލޮޓް ހަވާލުކޮށްފައިވާ ކަމަށެވެ.

ގުޅިފަޅުން 2,438 ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވެއެވެ. އޭގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި 1,347 ގޯތި ވެސް ހިމެނެއެވެ. އެހެންކަމުން، މިހާތަނަށް ރަޖިސްޓަރީ ހަވާލުނުކުރެވި އޮތީ 119 މީހަކާ އެކަންޏެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅުގެ އިތުރުން ގިރާވަރު ފަޅުން ޖުމްލަ 9،031 ގޯތި މާލޭގެ ރައްޔިތުންނަށް ވަނީ ދީފައެވެ.

މިދިޔަ ސަރުކާރުން ގޯތި ދޫކޮށްފައި ވަނީ ފަޅުން ކަމަށްވާތީ އެ ފަޅުތައް ހިއްކުމުގެ މަސައްކަތް ކުރަންޖެހުނީ މި ސަރުކާރަށެވެ. ގުޅިފަޅުން ހިއްކަން ކަނޑައެޅި ސަރަހައްދު ހިއްކައި މި ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ވަނީ ފަށާފައެވެ.

މީގެއިތުރުން ގިރާވަރުފަޅު ހިއްކަން ބޭނުންވާ ޑްރެޖަރު އަންނަ އާދީއްތަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް