ރ. އަތޮޅު ކައުންސިލް “އަރުތަ” ފުޓްސަލް މުބާރާތް 2024 މިއަދު ކުޅުމަށް ހަމަޖެހިފައި އޮތް ފައިނަލް މެޗު މޫސުން ގޯސްވެ ވިއްސާރަ ވުމުގެ ސަބަބުން ކުޅުން ފަސްކޮށްފިއެވެ.
ރ. އަތޮޅު ކައުންސިލް ފޭސްބުކް ޕޭޖުގައި ނެރެފައިވާ ނޯޓިސްގައި ބުނެފައިވަނީ ކުއްލިއަކަށް ރާއްޖެއަށް މޫސުން ގޯސްވެ ކުރަމުންމިދާ ވިއްސާރައިގައި މިއަދު ހަވީރު ރ.އަތޮޅަށް ވަރަށް ބޮޑަށްވައިގަދަވެ ހަވީރާއި ރޭގަނޑު ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މަޢުލޫމާތު ދެއްވުމާއި ގުޅިގެން މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ އަރުތަ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު ލަސްކޮށްލަން ޖެހުނު ވާހަކަ ހިތާމައާއެކު ދަންނަވާކަމަށެވެ. އަދި މޫސުމަށް ބެލުމަށްފަހު ވީއެންމެ އަވަހަކަށް ފައިނަލް މެޗު ކުޅޭނެ ދުވަހެއް އަންގާނެކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރަ ކުރިޔަށް އޮތް 3 ދުވަހު ވެސް, ރާއްޖެއަށް ވިއްސާރަ ކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ލަފާކޮށް ނޫސްބަޔާވެސް ނެރެފައެވެ.
އެގޮތުން މިއަދު މިއަދު މެންދުރު 13:30 ން އިރުއޮއްސި 18:30 އަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ސަރަހައްދަށް ހުދު ސަމާލުވެސް ވަނީ ނެރެފައެވެ.